- Advertisement -ad image

20ވަނަ މަޖިލިސް: ވަގުތު ހަމަވިއިރު 381 ފޯމް

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް ރައްޔިތުންގެ މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން، އީސީއަށް 381 އެޕްލިކޭޝަން ފޯމު ލިބިފައިވާކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. އަދި މިއަދުގެ މެންދުރު 14:00 އަށް އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުުގެ ސުންގަޑި ވަނީ ހަމަވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލި މުއްދަތުގެ ތެރޭގައި ޖުމްލަ 381 ހުށަހެޅުން ލިބިފައިވާ ކަމަށް އެކޮމިޝަނުން ހާމަކުރެއެވެ.
އަދި މިއަދު ލިބުނީ 86 އެޕްލިކޭޝަން ކަމަށާއި އިއްޔެއާ ހަމަޔަށް ލިބުނު ހުށަހެޅުން ތަކަށް މިރޭގެ ނިޔަލަށް ޖަވާބު ދޭނެ ކަމަށް އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވިއެވެ. އަދި މިއަދުގެ ހުށަހެޅުންތަކަށް، ބުރާސްފަތި ދުވަހުގެރޭގެ ނިޔަލަށް ޖަވާބު ދިނުމުގެ މަސައްކަތް އެ ކޮމިޝަނުން ދަނީ ކުރަމުންނެވެ.
‏ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލީ ފަރާތްތަކުގެ، ނަން ތަރުތީބު ކުރުމަށްޓަކައި، ކެންޑިޑޭޓުންގެ މެދުގައި، ގުރުޢަތު ނެގުން ހުކުރުދުވަހު ބާއްވާނެއެވެ. ގުރުއަތުލުން އޮންނާނެ ގަޑިތައް ކެންޑިޑޭޓުންނަށް އިލެކްޝަންސް ކޮމިޝަނުން އަންގާނެ ކަމަށްވެސް އިލެކުޝަނުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ