- Advertisement -ad image

ދޮގު ޚަބަރު ފަތުރާތީ ކުރުސީ، ދިޔަވަރު އަދި ދޮންއަމާ އަށް ފިޔަވަޅު އަޅަނީ

ad image

ގުޅުންހުރި ލިޔުންތައް

ދޮގު ޚަބަރު ފަތުރާތީ ރަޖިސްޓްރީނުކޮށް ހިންގާ ތިން ވެބްސައިޓަކާއި މެދު ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ނިންމައިފިއެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ ރަޖިސްޓްރީނުކޮށް ރާއްޖޭގައި ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވައިލަން، ކަމާ ގުޅޭ އުސޫލެއް ހަދައި، ދޮގު ޚަބަރު ފަތުރާ ވެބްސައިޓުތަކަށް ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން ފިޔަވަޅު އެޅުމަށް ނިންމި ތިން ވެބްސައިޓަކީ ކުރުސީ.ކޮމް، ދިޔަވަރު.ކޮމް އަދި ދޮންއަމާ.ކޮމް އެވެ. 

ސަރުކާރަށް ފާޑުކިޔާފައިވާ ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓް ކަމަށްވާ ކުރުސީ.ކޮމް، ދިޔަވަރު.ކޮމް ދާދިފަހުންވެސް ވަނީ ބްލޮކްކޮށްފަ އެވެ. އެހެންނަމވެސް، ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ބުނެ އާންމުންނާއި ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުމާއި ގުޅިގެން ފަހުން މި ދެ ސައިޓް ވަނީ އަލުން އިއާދަކޮށްފަ އެވެ.

މީޑިއާ ކައުންސިލުން ބުނީީ އެ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާތައް ލިބިފައިވާކަމަށެވެ. އަދި ކަނޑައެޅިގެން ހަގީގަތާ ހިލާފު މައުލޫމާތު އެ ތިން ވެބްސައިޓުގައި ވެސް ޝާއިއުކޮށްފައިވާކަމަށްވެސް ބުނެފައި ވެއެވެ.

މީގެއިތުރުން ކަނޑައެޅިގެން ދޮގު ހަބަރު ފަތުރާއިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ އެ ކައުންސިލްގެ ގިނަ މެންބަރުން ކަންބޮޑުވާކަމެއް ކަން ފާހަގަކޮށް، ރަޖިސްޓްރީނުކުރާ މީޑިއާތަކުގެ މައްސަލަ ބެލޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ކަމާ ގުޅޭ އުސޫލެއް އެކުލަވައިލަން ނިންމާފައިވާކަމަށް މީޑިޔާ ކައުންސިލުން ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ