- Advertisement -ad image

މާފުށީގައި މިއަހަރު ޑޮލަރު އޭޓީއެމް ބަހައްޓާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

މި އަހަރު ނިމުމުގެ ކުރިން ކ.މާފުށީގައި ޑޮލަރު އޭޓީއެމްއެއް ހުޅުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވި ސަރުކާރުން މިހާރު ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ ތެރެއިން ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

އެގޮތުން ރައީސް ޑރ. މުއިއްޒު ވަނީ އެ ރަށުގައި ޑޮލަރު އޭޓީއެމް ހުޅުވަން ބީއެމްއެލްއާ އެކު މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

“މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އަޅުގަނޑުވީ ވައުދެއް. އަދި ކޮންމެހެން ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސްއާ ވާހަކަދައްކައިގެން އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ވީހާވެސް އަވަހަކަށް އޭޓީއެމް ބަހައްޓަން ވަރަށް މަސައްކަތް ކުރާނަން،” ރައީސް ވިދާޅުވި އެވެ.

މާފުށީގެ ބިން ހިއްކުމާ ގުޅޭގޮތުން ރައީސް ވެވަޑައިގެންފައިވާ ވަޢުދުފުޅާ ގުޅޭގޮތުން ކުރި ސުވާލަށް ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ މަސައްކަތް ސީދާ މިއަހަރު ތެރޭގައި ނުފެށުނު ނަމަވެސް ވީހާވެސް އަވަހަށް އެ މަޝްރޫޢުގެ މަސައްކަތް ފަށްޓަވާނެ ކަމަށެވެ. އަދި ދައުރުގެ ފަހު އަހަރަށް މަސައްކަތްތައް ނުބަހައްޓައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ވީހާވެސް އަވަހަށް ފުއްދަން މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މާފުއްޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރަމުން އަންނަ އަދި އެކަމުން އެންމެ ބޮޑު ފައިދާވެސް ލިބޭ އެއް ރަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ