- Advertisement -ad image

20 ވަނަ މަޖިލިސް: ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން މިއަދު އޮންނާނެ

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން މިއަދު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް، ކުރިމަތިލާ ޝަރުޠު ހަމަވެފައިވާ ފަރާތްތަކުގެ ނަންތައް ތަރުތީބު ކުރުމަށްޓަކައި ބާއްވާ ގުރުއަތުނެގުން ފެބުރުވަރީ 16 ވާ ހުކުރު ދުވަހު ކުރިއަށްގެންދިއުމަށް ހަމަޖައްސައިފައިވާ ކަމަށެވެ.
އެގޮތުން ގުރުއަތު ނެގުން އޮންނާނީ އިންތިޚާބާ ބެހޭ މަރުކަޒު (ދަރުބާރުގެ)ގައި ކަމަށްވެސް އިލެކުޝަނުން ހާމަކުރެއެވެ. ގުރުއަތު ނެގުން ކުރިއަށް ގެންދަނީ މެންދުރުފަހު 14:30 އިން ފެށިގެން އިރު އޮއްސި 18:30 އާއި ހަމައަށެވެ. އިލެކުޝަނުން ވަނީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައެޅިފައިވާ ގަޑިއަށް ގުރުއަތުނަގާ ތަނަށް ވަޑައިގެންދެއްވުމަށް އެދޭ ކަމަށެވެ. އަދި ކެންޑިޑޭޓަށް ހާޟިރުވެވެން ނެތްނަމަ، ކެންޑިޑޭޓުގެ ފަރާތުން ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއް ބަޔާންކޮށް، ކެންޑިޑޭޓުގެ ސިޓީއަކާއެކު ފޮނުވަންވާނެ ކަމަށެވެ. އެހެން ނަމަވެސް، ކެންޑިޑޭޓު ނުވަތަ ބަދަލުގައި ބޭފުޅަކު ހާޟިރު ނުވާނަމަ، ކެންޑިޑޭޓުގެ ބަދަލުގައި ގުރުއަތު ނަގާނީ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ކަމަށްވެސް އިލެކުޝަނުގެ އިއުލާނުގައި ބުނެފައިވެއެވެ.
20 ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 381 ފަރާތަކުން ވަނީ ފޯމު ހުށަހަޅާފައެވެ. މީގެ ތެރޭގައި ޕާޓީ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަކުރާ ގިނަ ކެންޑިޑޭޓުންތަކެއްވެސް ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ