- Advertisement -ad image

ފަސް އަހަރުގެ ވެރިކަމެއް ނިމުނު އިރު މުޅި ސިއްހީ ނިޒާމު އޮތީ އަނދަވަޅަކަށް ވައްޓާލާފައި: ހެލްތް މިނިސްޓަރ

ad image

ގުޅުންހުރި ލިޔުންތައް

‏5 އަހަރުގެ ވެރިކަމެއް ނިމުނު އިރު ރާއްޖޭގެ ސިއްޙީ ނިޒާމަށްވަނީ ބޮޑެތި އިހުމާލުތަކެއްވެ ގެއްލުންތަކެއްދީފައި ކަމަށް ހެލްތު މިނިސްޓަރ އަބްދުالله ހަލީލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ހަލީލް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސިއްހީ މި ދިޔަ ފަސް އަހަރު ސިއްހީ ޚިދުމަތްދޭ ޢިމާރާތްތައް މަރާމާތު ނުކުރާތީ ގިނަ ތަންތަން ހުރީ ފުރާޅު ފޫ ވެއްޓި ނުވަތަ ސީލިންގ ވެއްޓޭ ހިސާބު ގައި ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައާއި ސިއްޙީ މަރުކަޒުތަކުގައި ހުރި މެޝިނަރީތައް ހަލާކުވުމުން އެތަކެތިވެސް މަރާމާތު ކުރުމުގެ ބަދަލުގައި ހުރީ ނުހަދައި ދޫކޮށްލާފައި ކަމަށް މިނިސްޓަރ ހަލީލް ވިދާޅުވިއެވެ.
“ އަސާސީ ބައެއް ބޭސްތައް ސިއްހީ ޚިދުމަތްދޭ ބައެއް ތަންތަނުން ހުސްވެފައި ހުރުމުގެ އިތުރުން ބައެއް ޚިދުމަތް ހުރީ ހުއްޓިފައި. މިއީ ދަރުމަވަންތަ ހޮސްޕިޓަލުން ފެށިގެން އެންމެ ކުޑަ އާބާދީ އޮތް ރަށުގެ ސިއްހީ ހާލަތު ހުރިގޮތް” މިނިސްޓަރ ވިދާޅުވިއެވެ.
އިތުރަށް ހަލީލް ވިދާޅުވީ މިއީ އެމްޑީޕީ ވެރިކަން އަންނަ ކޮންމެ ފަހަރަކު ކަންހިނގާ ގޮތް ކަމަށާއި ރައްޔިތުންނަށް ހެޔޮއެދޭ ވެރިޔަކު މިހާ ބޮޑު އަނދަވަޅަކަށް ސިއްހީ ނިޒާމު ވައްޓާނުލާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ