- Advertisement -ad image

20 ވަނަ މަޖިލިސް: މާލެ ސަރަހައްދުގެ 17 ދާއިރާއަށް 87 ކެންޑިޑޭޓުން

ad image

ގުޅުންހުރި ލިޔުންތައް

އަންނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި މާލޭ ސަރަހައްދުގެ 17 ދާއިރާއަށް 87 ކެންޑިޑޭޓުން ކެނޑިޑޭޓުން ކުރިމަތިލާފައިވާކަމަށް އިލެކްޝަންސް އިން ބުނެފިއެވެ.

މަޖިލީހުގެ ދާއިރާތަކަށް ގެނައި ބަދަލާއެކު 20 ވަނަ ރައްޔިތުން މަޖިލީހަށް 6 ދާއިރާއެއް ވަނީ އިތުރުކޮށްފަ އެވެ. އެގޮތުނ ްހުޅުމާލެ ދާއިރާގެ ބަދަލުގައި ހުޅުމާލޭގައި ވަނީ 3 ދާއިރާ އެއް އިތުރުކޮށްފަ އެވެ. މިއަދަދާއެކު ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ކެނޑިޑޭޓުން ވާދަކުރާނެ އެވެ.

މަޖިލިސް އިންތިހާބުގައި މާލެ ދާއިރާއިން އެކަނިވެސް 87 ކެންޑިޑޭޓުން ވާދަކުރެއެވެ 17 ދާއިރާއަކަށް ވާދަކުރާ މި ކެނޑިޑޭޓުންގެ ތެރޭގައި 19 އަންހެން ކެނޑިޑޭޓުން ހިމެނެ އެވެ.

މާލޭގެ ދާއިރާތަކަށް ވާދަކުރާ ކެންޑިޑޭޓުން އަދަދު

ހުޅުމާލެ ދެކުނު ( 6 ކެންޑިޑޭޓުން )، ހުޅުމާލެ މެދު ( 6 ކެންޑިޑޭޓުން )، ހުޅުމާލެ އުތުރު ( 5 ކެންޑިޑޭޓުން )

މެދުހެންވޭރު ( 5 ކެންޑިޑޭޓުން )، ހެންވޭރު ދެކުނު ( 4 ކެންޑިޑޭޓުން )، ހެންވޭރު އުތުރު ( 3 ކެންޑިޑޭޓުން )، ހެންވޭރު ހުޅަނގު ( 5 ކެންޑިޑޭޓުން )

ގަލޮޅު އުތުރު ( 7 ކެންޑިޑޭޓުން )، ގަލޮޅު ދެކުނު ( 6 ކެންޑިޑޭޓުން )

މައްޗަންގޮޅި އުތުރު ( 5 ކެންޑިޑޭޓުން )، މައްޗަށް ގޮޅި ދެކުނު (5 ކެންޑިޑޭޓުން )، މައްޗަންގޮޅި މެދު ( 5 ކެންޑިޑޭޓުން )

މާފަންނު އުތުރު (5 ކެންޑިޑޭޓުން )، މާފަންނު ހުޅަނގު (4 ކެންޑިޑޭޓުން )، މާފަންނު މެދު (8 ކެންޑިޑޭޓުން )، މާފަންނު ދެކުނު (3 ކެންޑިޑޭޓުން )

ވިލިމާލެ ( 5 ކެންޑިޑޭޓުން )

މި ފަހަރު ބާއްވާ އިންތިހާބުގައި އެންމެ ގިނަ ކެނޑިޑޭޓުން ކުރިމަތިލާފައިވަނީ މާފަންނު މެދު ދާއއިރާއަށެވެ. އެ ދާއިރާއަށް ޖުމްލަ 8 ކެނޑިޑޭޓުން ވާދަ ކުރެއެވެ. އޭގެތެރޭގައި މިހާރު އެ ދާއރާގެ މެމްބަރަކަށް ހުންނެވި އިބްރާހީމް ރަޝީދު (ބޮންޑަ) ވެސް ހިމެނެ އެވެ. ބޮންޑަގެ އިތުރުން ހަމަ އެ ގެއިން އާމިރުވެސް މާފަންނު  މެދު ދާއިރާއަށް ވަނީ ކުރިމަތިލައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ