ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އާންމުންގެ ސުވާލުތަކަށް ރައީސް ޑރ. މުއިއްޒު ކޮންމެ ދުވަހަކުވެސް ޖަވާބު ދެއްވަމުން ގެންދަވާ ސިލްސިލާގެ ތެރެއިން މިއަދު ސުވާލުކުރި މީހާ ސުވާލުކުރީ ރާއްޖޭގައި ޑޮކްޓަރަށް ދެއްކުމުގެ ކަންކަން އޮންނަ ގޮތުން ވަރަށް ބޮޑެތި ބުރަ އުފުލަންޖެހޭތީ އެކަމާ ގުޅޭ ގޮތުންނެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
“އޭގެ އިތުރަށް ބޭރުންވެސް ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ހޯދުމަކީވެސް މިހާރު ފަށާފައިވާ މަސައްކަތެއް،” ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ސްޕެޝަލިސްޓް ޑޮކްޓަރުންނާއި ސުޕަ ސްޕެޝަލިސްޓް ޑޮކްޓަރުން އިތުރުކުރެވުުން ޑޮކްޓަރަށް ދެއްކުމަށް އިންތިޒާރުކުރަންޖެހޭ ވަގުތު މަދުވެގެންދާނެ ކަމަށެވެ. މީގެ އިތުރުން އެޕޮއިންޓްމަންޓް ލިބޭ ދުވަސް ދުރާލައި އެނގޭނެ ގޮތަށް ނިޒާމު ބައްޓަން ކުރަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ޑރ ޝާން އަށް އެޕޮއިންޓްމެންޓް ހަދައިގެން ލިބުނީ 11 މަސް ފަހުން. އެއީ ފަރުވާ ހޯދަން 2 ފަހަރު ރާއްޖޭން ބޭރަށް ގޮސް އައި ފަހުން.