- Advertisement -ad image

ބޭރު ޤައުމުތަކުގައި ރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއް: ނައިބުރައީސް

ad image

ގުޅުންހުރި ލިޔުންތައް

ބޭރު ޤައުމުތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރާއިރު ޤައުމުގެ އަގު ހިފެހެއްޓުމަކީ ނުހަނު މުހިންމު ކަމެއްކަމުގައި ރައީސްގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ 10 ވަނަ ނޭޝަނަލް ސްކައުޓް ޖަމްބޯރީގައި ބައިވެރިވާ ރާއްޖޭގެ ވަފުދާއެކު މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ ރާއްޖެއަށް ޝަރަފު ގެނައުމަށް ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

އަދި ނަމޫނާ އަޚްލާޤާއި އެކުވެރިކަމާއި އެއްބައިވަންތަކަން ދައްކުވައިދީ އެ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ސްކައުޓުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ. ނަމާދުކޮށް، ވަގުތު ރަނގަޅަށް ބެލެހެއްޓުމާއި، ދޮށީ އުމުރުގެ މީހުންނަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ޖަމްބޯރީގައި ބައިވެރިވާ އެހެން ގައުމުތަކުގެ ސްކައުޓުންނާ އެކުވެރިކަން ބަދަހިކުރުމަށް ބައިވެރިންނަށް ހިތްވަރު ދެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދިވެހި ސްކައުޓުންނަކީ ހިތްވަރުގަދަ އަދި މަސައްކަތްތެރި ބައެއް ކަމަށާއި ބައިނަލްއަގްވާމީ މައިދާނުގައި ސްކައުޓުން ހޯދާ ކާމިޔާބީތައް ސަރުކާރުން ބަލައިގަނެ ބަލައިގަންނަ ކަމަށެވެ.

ޖަމްބޯރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 20 އިން 26 އަށް ސްރީލަންކާގެ އިރުމަތީ ޕްރޮވިންސްގެ އައްސޭރިފަށުގެ ސިޓީއެއް ކަމަށްވާ ޓްރިންކޮމަލީގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ