- Advertisement -ad image

ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެގޮތަށް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


މި ސަރުކާރުން ނަގާ ކޮންމެ ލޯނެއްވެސް ނަގާނީ އޭގެ މަންފާ ދިވެހި ރައްޔިތުންނަށް ކުރާނެގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އައްޑޫ ސިޓީގެ މަރަދޫ އަދި މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު އިރުޝާދިއްޔާ ސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤުތިޞާދު އޮތީ ފުން އަނދަވަޅަކަށް ވެއްޓިފައިކަން ފާހަގަކުރައްވައި، މި ސަރުކާރަށް ކުރީ ސަރުކާރުން ޖުމްލަ 120 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވެފައި އޮތްކަމަށާއި އެއީ މިއިން ޒަމާނަކު ރާއްޖޭގެ އިޤުތިޞާދު ނުވެއްޓޭ މިންވަރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މީގެ ކުރިން ލޯނުތައް ނަގާފައި ވަނީ ރައްޔަތުންނަށް އޭގެ އެންމެ ފައިދާވާ ގޮތަށް ނޫންކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި ލޯނެއް ނަގައިގެން ކުރިއަށްގެންދާ މަޝްރޫޢެއްވިޔަސް މިސަރުކާރުން ކުރިއަށްގެންދާނީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކަށް އެމަޝްރޫޢަކުން އާރޯކަން އަންނާނެ ގޮތަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެނަގާ ލޯނެއްވެސް ނަގާނީ ދިގު މުއްދަތަކަށް ބަހާލައިގެން ވީހާވެސް ލުއިގޮތަކަށް އަދި ރާއްޖޭގެ އިޤުތިޞާދަށް ކަތާ މިންވަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނުގެ މި ދައުރުގެ ތެރޭގައި އައްޑޫސިޓީގެ އެއާޕޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީގައި ޓޫރިޒަމް ފުޅާކުރުމުގެ މަސައްކަތްތަކާއި، އަދި ސީޕްލޭން ހަބަކާއެކު އައްޑޫސިޓީގެ ބްރިޖުގެ މަސައްކަތް ހިމެނޭހެން ހުރިހާ މަސައްކަތެއް އެކުއެކީގައި ރައްޔިތުން އެދޭގޮތަށް ކުރައްވައި ފުރިހަމަ ކޮށްދެއްވާނެކަމުގައެވެ.

އައްޑޫސިޓީ އާއި ފުވައްމުލައް ސިޓީ އަދި ގއ އާއި ގދ ގެ ބައެއް ރަށްރަށަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ