- Advertisement -ad image

އިންތިހާބުގެ އޮފިޝަލުކަން ކުރަން 5،240 މީހުން ކުރިމަތިލައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުން މަޖިލިސް އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި މިހާތަނަށް 5،240 މީހުން ކުރިމަތިލާފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު “އެކްސް”ގައި ވިދާޅުވީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގެ އޮފިޝަލުންގެ ގޮތުގައި ގާތްގަނޑަކަށް 6 ހާސް މީހުން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އަދި 2024 ފެބުރުއަރީ 18 ގެ ނިޔަލަށް އޮފިޝަލުންގެ ގޮތުގައި، އިލެކްޝަންސް ކޮމިޝަނަށް، 5240 ބޭފުޅުން އެޕްލައި ކޮށްފައިވާކަމަށް ހަބީބް ވަނީ ވިދާޅުވެފަ އެވެ.

ހަބީބް ވަނީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފެލިދެއަތޮޅު، މާލެ ސިޓީ އަދި ބައެއް އެހެން ރަށްރަށުގެ ވޯޓުލާ މަރުކަޒުތަކަށް އަދި އިތުރު އޮފިޝަލުން ބޭނުންވާކަމަށް ވިދާޅުވެފަ އެވެ.

އަދި އޮފިޝަލުންގެ އެލަވަންސްގެ ގޮތުގައި -/3500ރ އާއި -/2500ރ އާ ދެމެދު އެލަވަންސެއް ލިބޭނެކަމަށް ހަބީބް ވަނީ ވިދާޅުވެފަ އެވެ. 

އޮފިޝަލުންގެ ގޮތުގައި ކުރިމަތިލައްވާ ފަރާތްތަކަށް އެފުރުސަތު 2024 މާޗް މަހުގެ 5 ވަނަ ދުވަހާ ހަމަޔަށް އިލެކްޝަނުން ވަނީ ހުޅުވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ