- Advertisement -ad image

މީހެއްގެ އެކައުންޓުން ނެގި 1.8 މިލިޔަން ރުފިޔާގެ ތެރެއިން 98 އިންސައްތަ ފުލުހުން ހޯދައިފި

ad image

ގުޅުންހުރި ލިޔުންތައް

މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން ނެގި 1.8 މިލިޔަން ރުފިޔާގެ ތެރެއިން 98 އިންސައްތަ ރުފިޔާ ފުލުހުން ހޯދާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އިސްކަންދަރުކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ސުޕްރިޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވީ، މަރަކާ ހީލަތުން މީހެއްގެ އެކައުންޓުން 1.8 މިލިއަން ރުފިޔާ އެކި ފަހަރު މަތިން ދެ އެކައުންޓަކަށް ޓްރާންސްފާކޮށްފައިވާ މައްސަލައެއް މި މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ މައްސަލަ ހުށަހެޅުނުތާ 48 ގަޑިއިރު ތެރޭގައި މި ފައިސާގެ 98 އިންސައްތަ ހޯދާފައިވާކަމަށެވެ. މިފައިސާ ހޯދާފައިވަނީ ފައިސާ ޓްރާންސްފަރކޮށްފައިވާ ބޭންކުތަކާއި ވިޔަފާރީގެ މުޢާމަލާތްކޮށްފައިވާ ފަރާތްތަކާއި، އަދި ތުހުމަތުކުރެވޭ ފަރާތެއް ދިރިއުޅޭ ގެ ބަލާ ފާސްކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

“އެ މައްސަލަ ހުށަހެޅުމާއެކު ރާއްޖޭގައި ޓްރާސިޝަންތައް ހިންގާފައިވާ ބޭންކްތަކާ ވަގުތުން ކޯޑިނޭޓްކުރެވި އަދި ކުރެވުނު މަސައްކަތުން މި 48 ގަޑިއިރު ތެރޭގައި ގެއްލުނު ފައިސާގެ ގާތްގަނޑަކަށް 98 ޕަސަންޓު ވަނީ ރިކަވާ ކުރެވިފައި،” ރަޝީދު ވިދާޅުވިއެވެ.

ޢަބްދުﷲ ރަޝީދު ވިދާޅުވީ އެކައުންޓުން ފައިސާ ނަގާފައިވަނީ، މައްސަލަ ހުށަހެޅި ފަރާތުގެ ފޯނުގެ ޕާސްވޯޑާއި، އޭނާގެ އެކައުންޓުތަކަށް އެކްސެސް އޮތް މީހެއް މެދުވެރިކޮށް ކަމަށެވެ.

ރަޝީދު ވިދާޅުވީ، އެ މައްސަލައިގައި ރިކަވާ ކުރެވިފައިވަނީ 1.67 މިލިއަން ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 1.3 މިލިއަން ރުފިޔާ ހުރީ އެކިއެކި ބޭންކްތަކުގައި ފްރީޒްކޮށްފައެވެ.

އޭނާ ވިދާޅުވީ މިމައްސަލައިގައި ތުހުމަތުކުރެވޭ ހަތަރު މީހުންގެ ތެރެއިން 3 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 2 ފިރިހެނުންނާއި އަންހެނެކެވެ. މައްސަލައިގައި ދެން ހިމެނެނީ 16 އަހަރުގެ ކުއްޖެކެވެ. ޢަބްދުﷲ ރަޝީދު ވިދާޅުވީ މިމީހުންނަށް ދަޢުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުކުރަމުން އަންނަކަމަށެވެ.

ރަޝީދު އިތުރަށް ވިދާޅުވީ، ސްކޭމްގެ ފައިސާ، އެކިއެކި އިލެކްޓްރޯނިކް ސާމާނު ގަތުމަށާއި ދޫނި ގަތުމަށްވެސް ހަރަދުކޮށްފައިވާ ކަމަށެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ