- Advertisement -ad image

ނ. މާޅެންދޫއާއި މިލަދޫގައި ޕޮލިސް ޕޯސްޓް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް

ނ. މާޅެންދޫއާއި ނ. މިލަދޫގައި ޕޮލިސް ޕޯސްޓް ހުޅުވާ ރައްޔިތުންނާއި ގާތުން ފުލުހުންގެ ޚިދުމަތްދޭން ފަށައިފިއެވެ.

މާޅެންދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މާޅެންދޫ ކައުންސިލުގެ ރައީސް މުހައްމަދު ހަސަންއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެއްކެވި ވާހަަކަ ފުޅުގައި، ފުލުހުންގެ މުއައްސަސާގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް ޚިދުމަތް ކުރިއެރުވުމަށް ބޭނުންވާ ބަދަލުތައް ގެންނަމުންދާ ކަމަށް ވިދާޅުވިއެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރުގެ ސްޓްރެޓީޖިކް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތާއި އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތްދިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށް ވިދާޅުވިއެވެ.

މިލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވާފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މިލަދޫ ކައުންސިލުގެ ރައީސް އަބްދުލް މަޖީދު މުހައްމަދުއެވެ.

މިލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ ދެއްކެވި ވާހަކަ ފުޅުގައި، ކުށްމަދު އަމާން، ހޭލުންތެރި ބަޔަކު ދިރިއުޅޭ ރަށަކަށް މިލަދޫ ހެދުމަށް ރަށުގެ ރައްޔިތުން ބޭނުންވާފަދައިން ފުލުހުންގެ އެއްބާރުލުމާއި އެހީތެރިކަން އެންމެ ފުރިހަމަ ގޮތުގައި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންނަކީ ރައްޔިތުންގެ މުދަލާއި ގެދޮރު ހިމާޔަތްކޮށް، ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށް ޖާނާއިމާލުން ގުރުބާންވަމުންދާ ބައެއްކަމަށް ވިދާޅުވިއެވެ.

އަދި ފުލުހުން ރެއާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި ކުރާ މަސައްކަތުގެ ބޭނުމަކީ ދިވެހިރާއްޖެއަކީ އެންމެންނަށް ރައްކާތެރި އަމާންތަނަކަށް ހަދައި ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ހިތްހަމަޖެހިލައިގެން އުޅެވޭނެ ފަހި މާހައުލެއް ތަނަވަސްކޮށް ދިނުންކަމަށް ވެސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ