- Advertisement -ad image

ގާކޮށީ ޕާކިން ޒޯނު މި ހަފްތާތެރޭގައި އާންމުންނަށް ހުޅުވާލަނީ

ad image

ގުޅުންހުރި ލިޔުންތައް

ގާކޮށީގެ ޕާކިން ޒޯނުން ބައެއް ހިމެނޭގޮތަށް ސްޓެލްކޯއިން ބަންދުކޮށްފައިވާ ސަރަޙައްދު މި ހަފްތާ ނިމުމުގެ ކުރިން ހުސްކޮށް އެތަން އާންމުންނަށް ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ސްތޭލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.

މިއަދު “އެކްސް”ގައި ފަހުމީ ވިދާޅުވީ ގާކޮށީގެ ޕާކިން ޒޯނުގެ މަސައްކަތަކީ މި ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުންނަށް ތަކުލީފަކަށް ވެފައިވާ ކަންކަމަށް ހައްލުހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރާ މަސައްކަތެއް ކަމަށެވެ.

މީގެއިތުރުން ސްޓެލްކޯއިން އަބަދުވެސް ދަނީ ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށް މަސައްކަތް ކުރަމުންކަން ފަހުމީ ވަނީ ފާހަގަކުރައްވާފަ އެވެ.

ސްޓެލްކޯއިން މިހާރުވެސް އަންނަނީ މާލޭ ސަރަހއްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމުގެ ގޮތުން ގިނަ ޕްރޮޖެކްޓްތަކެއް ހިންގަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ