- Advertisement -ad image

ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ގިރާވަރު ފަޅުން ގޯތި ލިބުނު މީހުންނަށް ގުޅީފަޅުން ގޯތި ހަމަޖެހުމަކީ ފުރުސަތު އޮތް ކަމެއްތޯ ބައްލަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ ތެރެއިން އާއްމުންގެ މީހަކު އެކަމާއި ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ހުޅުމާލެ، ފްލެޓް 159204، އާމިނަތު ލީލާ، ގިރާވަރުފަޅުން ގޯތި ލިބުނު މީހުންނަށް، ގުޅީފަޅު ނުވަތަ ހުޅުމާލެއަށް އެ ގޯތި ބަދަލުކުރެވިދާނެތޯ ދެންނެވި ސުވާލަށް ރައީސް ދެއްވި ޖަވާބުގައި ރައީސް ވިދާޅުވީ، އެ ސުވާލު އެމަނިކުފާނާއި އެހެން ބޭފުޅުންވެސް ކުރިމަތި ކުރައްވާއިރު، އަދި އެކަމަށް ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެކަމާމެދު ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނުނިންމާކަމަށާއި، ނަމަވެސް އެކަމަށް ވަކި ސިޔާސަތެއް މިހާތަނަށް ކަނޑައަޅާފައިނުވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

“ތި ސުވާލު އަޅުގަނޑުމެންނަށް އެބަ ކުރިމަތި ކުރައްވާ ބައެއް ބައެއް އެހެން ބޭފުޅުންވެސް. ގިރާވަރުފަޅުން ގޯތިލިބުނު ބައެއް ބޭފުޅުން ހަމަ ތިސުވާލް އެބަ ކުރައްވާ. އަދި ތިކަމަށް ވަކި ގޮތެއް ނުނިންމޭ. ތިކަމަކީ ހަމަ ފުރުސަތު އޮޮތް ކަމެއް ނަމަވެސް އަދި ސިޔާސަތެއް ކަނޑަނޭޅޭ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ފެށި “ބިންވެރިޔާ” ސްކީމްގެ ދަށުން ގިރާވަރާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނަކުންވެސް ގޯތި ދީފައި ވެއެވެ. ގިރާވަރުފަޅުން މިހާތަނަށް އައިއިރު 50 އަށް ވުރެ ގިނަ ހެކްޓަރު ހިއްކާފައިވާ އިރު، ގުޅީފަޅުން ވަނީ 100 އަށް ވުރެ ގިނަ ހެކްޓަރު ހިއްކައިފައެވެ. އަދި ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ މަސައްކަތް ވެސް ހަލުވިމިނެއްގައި ކުރިއަށް އެބަދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ