- Advertisement -ad image

ތޮއްޑޫގައި ވަޒީފާ އަދާ ކުރާ ރަޝިޔާ މީހަކަށް ހަމަލާދީފި

ad image

ގުޅުންހުރި ލިޔުންތައް

އއ. ތޮއްޑޫ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ ރަޝީއާ މީހަކަށް ހަމަލާދިން މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ މާރާމާރީ ހިންގީ އިއްޔެ އިރުއޮއްސުނު އިރު، އެ ރަށުގެ ޑައިވް ސެންޓަރެއްގައި ކަމަށެވެ.

އެގޮތުން ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ އުމުރުން 42 އަހަރުގެ މީހެއްގެ ގައިގައި ޖަހާފައިވާކަމުގެ މައްސަލަ އެއް ހުށަހަޅާފައި ވާއިރު، މި މާރާމާރީގައި އަނޔާވި މީހާއަށް ތޮއްޑޫ ހެލްތް ސެންޓަރުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން އަންނައިރު މިކަމާ ގުޅިގެން މާ ބޮޑު ތަފްސީލެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ