- Advertisement -ad image

މާލޭ މަގުމަތީގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހަކު ފުލުހުން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް

މާލޭ މަގުމަތީގައި ޕިކަޕެއް ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕިކަޕެއްގެ ތެރޭގައި ހުރެ، އާއްމުންނަށް ފެންނާނެ ގޮތަށް އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރު ޖެއްސި މީހާ ދަނެގަތުމުގެ މަސައްކަތް ފަށައި، އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެހެން ކަމުން އެ މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ފުލުހުންގެ އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.

ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި ވީޑިއޯ އިން ފެންނަނީ ދުވާލުގެ ވަގުތެއްގައި ފިރިހެނަކު، ހަޑިހުތުރު ވައްތަރުތަކެއް ޖައްސާ ތަނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ