ވ.ފުލިދޫގެ ޖެޓީ މަރާމާތު ކުރުމަށް އަންނަ ހޮނިހިރު ދުވަހު އެ ރަށަށް އެމްޓީސީސީގެ ޓީމެއް ފޮނުވަން ނިންމާފައިވާ ކަމަށް ލޯކަލް ގަވަމަންޓު މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްްޖެ އެވެ.
“އެކްސް”ގައި މިނިސްޓަރ ވިދާޅުވީ ފުލިދޫ ރައްޔިތުންނަށް އަރާފޭބުމަށް ދިމާވެފައިވާ ތަކުލީފުތަކަށް ހައްލުހޯދައިދިނުމުގެ ގޮތުން އެމްޓީސީސީގެ ޓީމެއް އަންނަ ހޮނިހިރު ދުވަހު އެރަށަށް ދާނެކަމުގެ ޔަގީންކަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ދީފައިވާ ކަމަށެވެ.
މީގެއިތުރުން މިކަން އިންފްރާސްޓްރަކްޗާ މިނިސްޓްރީން ގާތުން ބަލަމުންދާކަމަށް ވެސް މިނިސްޓަރ ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ފުލިދޫއަކީ މިހާރު ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަމުން މިހާރު އެރަށަށް ފަތުރުވެރިން ވެސް ޒިޔާރަތްކުރެއެވެ.