- Advertisement -ad image

ފުލިދޫގެ ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ހަލާކުވެފައިވާ ވ ފުލިދޫގެ ފާލަން މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން މިއަދު ފަށައިފިއެވެ.
ސަރުކާރުން ކުރިން ހާމަކޮށްފައިވަނީ ފުލިދޫގެ ފާލަން މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށް އެރަށަށް ޓީމެއް ފޮނުވާނީ އަންނަ ހޮނިހިރު ދުވަހު ކަމަށެވެ.
ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓަރ އަބުދުލް މުއްތަލިބު ވިދާޅުވީ ވ. ފުލިދޫގެ ފާލަމަށް ގެއްލުން ލިބި އަރާ ފޭބުމަށް ދަތިވެފައިވާތީ އެ ޖެޓީ މަރާތުކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީގެ ޓީމު މިއަދު ވަނީ ފުލިދޫއަށް ތަކެއްޗާއެކު ގޮސްފައި ކަމަށެވެ.
ސަރުކާރުން ބުނީ ފުލިދޫގައި މިމަސައްކަތް ހިނގަމުންދާ ގޮތް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ގާތުން ބަލަމުންދާނެ ކަމަށެވެ.
ފުލިދޫއަކީ މިހާރު ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ރަށެއްކަމުން އެރަށަށް ފަތުރުވެރިން ވެސް ޒިޔާރަތްކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ