- Advertisement -ad image

ރޭގެ ނިޔަލަށް މަސްވެރިންނަށް 70 މިލިޔަން ރުފިޔާ ދީފި

ad image

ގުޅުންހުރި ލިޔުންތައް


‏ރޭގެ ނިޔަލަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ފަރާތުން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސަރުކާރުން މަސްވެރިންނަށް ދީފައިވާ ޔަގީންކަމާ އެއްގޮތަށް އަންނަ ހޯމަ ދުވަހުގެ ކުރިން 30 މިލިއަން ރުފިޔާ ޖަމާވެގެންދާނެ ކަމަށެވެ.
އަދި މަސްވެރިންނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން މަސްވެރިން ކޫއްޑޫއާއި އައްޑޫގައި ކުރަމުންދިޔަ އިހުތިޖާޖު ހުއްޓާލުމާއި ގުޅިގެން އެތަންތަންމިހާރުވަނީ އޮޕަރޭޝަނަށް ގެނެސްފައި ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމުދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމުގައިވާތީ، މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ވީއެންމެ އަވަހަށް ދޫކުރުމުގެ އިންތިޒާމު ހަމަޖައްސައި އެކަން ހައްލުކޮށްދިނުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވި އިރުޝާދާ މަސައްކަތްޕުޅު އުފަލާއެކު ފާހަގަކުރާ ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން އިތުރަށް ބުނީ އެ މިނިސްޓްރީ އާއި މޯލްޑިވުސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑާއި މާލީ ވުޒާރާ އާއި ކަމާބެހޭ އެހެނިހެން ވުޒާރާތައް ގުޅިގެން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ