- Advertisement -ad image

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ މުހިންމު ފިޔަވަޅުތަކެއް އަޅަނީ

ad image

ގުޅުންހުރި ލިޔުންތައް


ބަޖެޓާ އެއްގޮތަށް ދައުލަތުގެ ޚަރަދުތައް ހަމަޖައްސައި އިތުރަށް ހަރަދުތައް ކުޑަ ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން މާލީ ވުޒާރާއިން ނިންމައިފިއެވެ.

އެކަން ހާމަކޮށް މާލީ ވުޒާރާއިން އާންމު ކުރި ސާކިއުލާގައި ހިމަނާފައިވާ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ރާއްޖެއިން ބޭރަށް ރަސްމީ ދަތުރެއް ކުރާ ނަމަ އެ ވުޒާރާގެ ހުއްދަ ހޯދުމާއި، އަލަށް އިތުރު ސްކޮލާޝިޕެއް ނުދިނުމާއި، މިހާތަނަށް ހުއްދަ ދީފައިވާ ކަންކަން ފިޔަވައި އިތުރު ތަނެއްގެ މަރާމާތަށް ރިކަރަންޓް ބަޖެޓުން ހަރަދު ނުކުރުން ފަދަ ކަންކަން ހިމެނެއެވެ.
އަދި މުވައްޒަފުންގެ މުސާރައަށް ބަދަލު ނުގެނައުމަށާއި މި އަހަރުގެ ބަޖެޓުގައި ހިމަނާފައި ވީ ނަމަވެސް އިތުރު އާ އެލަވަންސެއް ނުދޭން މިނިސްޓްރީން ވަނީ ސަރުކާރުގެ އިދާރާތަކަށް އަންގާފައެވެ. އޭގެ އިތުރުން، މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކަށް ބަދަލު ނުގެނައުމަށާއި ރަސްމީ ގަޑީގެ އިތުރުން އިތުރު ގަޑީގައި ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ފިޔަވައި އިތުރު މަސައްކަތެއް ނުކުރުމަށް ވެސް ފިނޭންސުން ވަނީ އެދިފައެވެ.

ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންނަށް ކުރާ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކުގެ އިތުރުން 35،000 ރުފިޔާ އަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ދަތުރެއް ކުރެވޭނީވެސް މާލީ ވުޒާރާގެ ހުއްދައާއެކުއެވެ. އަދި އޮފީސް ހިންގުމަށް ބޭނުންވާ ތަކެތި ގަތުމަށާއި މަރާމަތު ކުރުމާއި ތަމްރީނު ޕްރޮގްރާމުތަކަށް ކުރާ ހަރަދު 35،000 ރުފިޔާއަށް ވުރެ މަތިވާ ނަމަ ވެސް އެ ވުޒާރާގެ ހުއްދަ ހޯދުމަށް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގާފައެވެ.

ޚަރަދު ކުޑަކުރުމަށް ފިނޭންސުން މުހިންމު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާއިރު، މި އަހަރު ބަޖެޓުގައި ސަބްސިޑީ ހަރަދުތައް ކުޑަ ކުރުމަށް ވެސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ނިންމާފައެވެ. ގައުމުގެ އިގްތިސާދީ ހާލަތަށް ރިއާޔަތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ