- Advertisement -ad image

މަސްވެރިންނަށް ފަސޭހަވާގޮތަށް، އިތުރު 5 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގެ މަޤްޞަދުގައި، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މިފްކޯ އާ ހަވާލުކޮށްގެން 5 ރަށެއްގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ޓެންޑަރއަށް ފޮނުވާފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އޯޝަން ރިސޯސަސް އިން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނިގޮތުގައި މިއީ ރައީސް ޑރ. މުޢިއްޒު ކަނޑައަޅުއްވާފައިވާ ހަފްތާ 14 މަގުޗާޓުގައި ހިމެނޭ މަސްވެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ފިޝަރީޒް މިނިސްޓްރީން ކޮށްފައިވާ މަސައްކަތްތަކުގެ ތެރެއިން މަސައްކަތެކެވެ.

މީގެއިތުރުން އެ މިނިސްޓްރީން ވަނީ މި ސަރުކާރުގެ އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެސް.ޑީ.އެފް.ސީ) ގެ “ކަނޑުފަޅު ނަފާ” ލޯން ޕްރޮގްރާމްގެ ތެރެއިން އައިސް ޕްލާންޓް ޤާއިމުކުރުމަށް 10 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. އަދި އިތުރު ފައިސާ ރެފްރިޖަރޭޓަޑް ސީވޯޓަރ ސިސްޓަމްސް ގަނެ އަދި ހަރުކުރުމުގެ ކަންކަމަށް ހޭދަކުރުމަށް ނިންމާފައިވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ހަމައެހެންމެ ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ލުއި ފަސޭހަ ވާނެގޮތަށް ލޯނު ދޫކުރުމަށްވަނީ ނިންމަވާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ. މި ލޯނަށް ހުށަހެޅުމަށް އެސް.ޑީ.އެފް.ސީ އިން ވަނީ މިމަހު 21ގައި ހުޅުވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ