- Advertisement -ad image

އަންނަ މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް

މި ފެށޭ މާޗްމަހުން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދާއި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ އެހެން ރަށްރަށުގައިވެސް މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުންކަމަށް ސްޓެލްކޯގެ އެމްޑީ ހުސެން ފަހުމީ ވިދާޅުވެއްޖެއެވެ.

މިއަދު “އެކްސް”ގައި ފަހުމީ ވަނީ މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް މަރުހަބާ ދަންނަވާފަ އެވެ.

ރޭ ކުޅުދުއްފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސްވަނީ އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓްބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވާފަ އެވެ. 

އަދި މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ފަހުމީ ވަނީ މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ޚަރަދު އިޤުތިޞާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. މިސްކިތްތަކުގެ ކަރަންޓް ބިލް ސީ.އެސް.އާރު ގެ ތެރެއިން ހިލޭ ކޮށްދެއްވެންވާނެ. ސްޓެލްކޯއިން ރަށްރަށުގައި ޚިދުމަތްދެނީ ބިމު ކުއްޔެއް ދެއްކުމެއްނެތި ވިޔަފާރީގެ ޚިދުމަތް ދިނުމަށް ހިލޭ ބަންޑާރަ ބިން ހޯދައިގެން. %100 މުސްލިމުން އުޅޭ ޤައުމެއްގައި މިސްކިތްތަކަށް ދެވޭ ކަރަންޓް ވާންޖެހޭނީ ހިލޭ ފޯރުކޮށްދެވޭ ޚިދުމަތަކަށް. މިސްކިތުގައި ހަމައެކަނި ބޭނުންކުރާނީ އޭސީ އާއި ފަންކާ އަދި ލައިޓް. ދެން ސައުންޑަށް ބޭނުންވާ ކަރަންޓް.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ