- Advertisement -ad image

ޑރ. ޝަމީމްގެ “މަރުޙަބާ ރަމަޟާން” ދަރުސް މާދަމާ ރޭ!

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާން މަހަށް މަރުހަބާ ކިޔުމުގެ ގޮތުން ބާއްވާ ދަރުސް ބުރާސްފަތި ދުވަހުގެ ރޭ އޮންނާނެކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.

މާދަމާރޭ އޮންނަ މި ދަރުސް ދިނުމަށް ހަމަޖެހިފައިވަނީ “އަންދަލުސް ދަރުސް” އާންމުންގެ މެދުގައި މަޤްބޫލުކަމެއް ހޯއްދެވި ފަޟީލަތުއްޝައިޚު ޑރ އާދަމް ޝަމީމް އެވެ.

އާރޓިފިޝަލް ބީޗުގައި ބާއްވާ މި ދަރުސް 20:30 ގައި ފެށޭނެކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އިސްލާމްދީން އުނގަންނަވައި ދިނުމުގައި މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ޑރ. ޝަމީމް ދާދިފަހުން ވަނީ މިއަހަރުގެ ހައްޖު މޫސުމުގައި ދިވެހި ޙައްޖުވެރިންނާ އެކު، އިސް ޝައިޚަކަށް ވަޑައިގަންނަވާގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ