ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދު ފުއްދެވުމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ ނަމޫނާ ދައްކަވަމުން ކަމަށް ޕީއެންސީގެ ޗެއަރމަން އަދި ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
“އެކްސްގައި” ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް މިގޮތަށް ވިދާޅުވީ އެއަރ އެމްބިއުލާންސް ހިދުމަށް ރާއްޖޭގައި ފެށުމަށް ތައްޔާރުކޮށްފައިވާ ބޯޓުގެ ފޮޓޯ ރައީސް މުއިއްޒު އާއްމު ކުރެއްވުމުންނެވެ.
އެގޮތުން އަދުރޭ ވިދާޅުވީ ރައްޔިތުންނަށް ދައްކަވަމުން ގެންދަވާ ނަމޫނާއަށް ޝުކުރު އަދާކުރާ ކަމަށެވެ.
އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި މިހާރުވަނީ މިނިސްޓްރީ އޮފް ހެލްތާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ހެލްތުން ހާމަކުރެއެވެ.
މިގޮތުން މިކަމަށް ޚާއްސަ 38 މީހުން އުފުލޭ ވަރުގެ އެއަރކްރާފްޓެއް މިހާރު ގެނެސްފައިވާއިރު، މިބޯޓު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ބަލި މީހުން އުފުލުމުގެ ޚިދުމަތްދެވޭނެކަމަށް އެމިނިސްޓްރީއިން ބުނެއެވެ. އެއަރ އެމްބިއުލާންސްގައި ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެއެވެ. އެގޮތުން އޮކްސިޖަންއާއި، ވެންޓިލޭޓަރާއި، އިމަރޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބެން ހުންނާނެއެވެ.
ޢެމްޑީޕީ އަށް މިކަހަލަ ރައީސެއް ނުދެއްކޭނެ ދެއްކޭނޫ ގައުމު ދަރުވާލާ ތިޖޫރި ދަވާލާ ކަހަލަ ރައީސުން މިފަހަރު ކިބޫ އާ ކާޕެޓް ވަގާވެސް ތަޅާނެ މީދޮގެއްތޯ ބަލަން ތިބޭތި