އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކުރެވިފައިވަނީ އެމަޖެންސީ ފަރުވާ އޭަގައި ދެވޭ ގޮތަށް ކަމަށްމޯލްޑިއަނުން ބުނެފިއެވެ. ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެހެންކަމުން މިއަދުން ފެށިގެން 24 ގަޑިއިރު އެއަރ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ދިނުމަށް އަބަދުވެސް ތައްޔާރީ ހާލަތު ޓީމެއް އޮންނާނެއެވެ.
އެއަރ އެމްބިއުލާންސާއި ގުޅޭގޮތުން މޯލްޑިވިއަނުން ބުނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީ ގޮތުން ރައްކާތެރި ބޯޓެއް ކަމަށެވެ. އަދި އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން މިބޯޓަކީ ކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުން ދިޔަ ބޯޓެއް ކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޯޓް ތައްޔާރުކުރެވިފައިވަނީ އެމަޖެންސީ ފަރުވާ އޭަގައި ދެވޭ ގޮތަށް، މެޑިކަލް އިކުއިޕްމަންޓްތައް ހަރުކޮށް ގެންނެއެވެ.
އެކުންފުނިން މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ ކުރޫއިންނާއި ދަތުރުވެރިންގެ ސަލާމާތާއި ރައްކާތެރިކަމަށްކަން ޔަގީންކޮށް އަރުވާ ކަމަށް މޯލްޑިއަނުން ބުނެއެވެ.