- Advertisement -ad image

ޕަބްލިކް ޓްރާސްންސްޕޯޓާއި އެމަރޖެންސީގައި ދުއްވާ ވެހިކަލްތަކަށް ދަތިވާގޮތަށް ޕާކުކުރާނަމަ ފިޔަވަޅު އަޅާނަން: ފުލުހުން

ad image

ގުޅުންހުރި ލިޔުންތައް

ޕަބްލިކް ޓްރާސްޕޯޓާއި އެމަރޖެންސީގައި ދުއްވާ ވެހިކަލްތަކަށް ހުރަސް އެޅޭގޮތަށް ޕާކުކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން މއަދު ނެރުނު ބަޔާނެއްގައި ވަނީ މަގުމަތީގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި، މަގުމަތީގައި އުޅަނދު ދުއްވާ ފަރާތްތަކާއި، ޕަބްލިކް ޓްރާސްޕޯޓުގެ އިތުރުން އެމަރޖެންސީގައި ދުއްވާ ވެހިކަލްތަކަށް ދަތިވާގޮތަށް ޤަވާއިދާއި ހިލާފަށް ޕާކުކުރަމުންދާކަން ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ހިމެނޭގޮތަށް އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދުގައިވާ ގޮތުގެމަތިން، ޕާކިން ޒޯން ނޫން ތަނެއްގައި ޕާކު ނުކުރުމަށް އިލްތިމާސްކޮށްފައެވެ. 

ފުލުހުން ވަނީ އޮފީސް އިމާރާތާއި، ހޮސްޕިޓަލްތަަކާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހާއްސަ ކުރެވިފައިވާ ތަންތަނާއި، މިސްކިތްތަކާއި، އާންމު ގޭބިސީތަކާއި، ގަރާޖުތަކަށް ވަދެނުކުމެ ހަދާ ފަރާތްތަކުގެ އިތުރުން 4 ސަރަހައދަކީ ފުލުހުން ހާއްސަ ސަމާލުކަމެއް ދީގެން ބަލަމުންގެންދާނެ ތަންތަންކަމަށް ބުނެފައެވެ. އޭގެތެރޭގައި ހިމެނެނީ:

ގްރީން ޒޯނު

ޕަބްލިކް ޓްރާންސްޕޯޓް ދުއްވާ މަގުތައް

މަގުތަކާއި ގޯޅިތަކުގެ ކަންމަތި

ސްކޫލްތައް ހިމެނޭ ސަރަހައްދުތައް

އަދި މާލެ ސަރަހައްދުގައި ގަވާއިދާއި ހިލާފަށް ޕާކުކުރާނަމަ މާރޗް 7 ވަނަ ދުވަހުން ފެށިގެން އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 7 ވަނަ މާއްދާގެ (ނ) އަދި އެއްގަމު އުޅަނދު ޕާކުކުރުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ށ)ގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ