- Advertisement -ad image

ބާރު ސްޕީޑުގައި ދިޔަ ސައިކަލެއް ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ޒުވާނަކަށް އަނިޔާވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލެ ފޭސް-1ގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރު ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އިމިގްރޭޝަންގެ ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނ މިއެކްސިޑެންޓުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 2:32ގައި ކަމަށެވެ. އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ހުޅުމާލެ ފޭސް-1 ގުލާމާ ހިނގުމުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ޑިޓެންޝަން ސެންޓަރ ކުރިމަތީގައި ޕާކުކޮށްފައި އޮތް ވޭނެއްގައި ޖެހިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން 19 އަހަރުގެ ޒުވާނާއަށް އަނިޔާވެގެން މިހާރު އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. 

މި އެކްސިޑެންޓްގައި ސައިކަލު ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އިމިގްރޭޝަންގެ ވޭނަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

މި މައްސަލަ ތަހްގީގުކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ