- Advertisement -ad image

ރޯދައިގެ ކުރިން ދޮންއަދަރައިދަ ހިނގުން އާއްމުންނަށް ހުޅުވާލަނީ

ad image

ގުޅުންހުރި ލިޔުންތައް


ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ، ސްޓެލްކޯގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަމަގު ހުޅުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމާލައިފިއެވެ.

ސްޓެލްކޯއިން ބުނީ 2014 ވަނަ އަހަރު އެކުންފުނީގެ ބޭނުމަށް ބަންދުކުރި ދޮންއަދަރާދަ މަގު އަލުން ހުޅުވާލާނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށްފަހުކަމަށެވެ.

ދޮންއަދަރާދަ ހިނގުމަކީ އަމީނީމަގުގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީހާއި ޖެހިގެން އޮންނަ މަގެކެވެ. އެމަގު ބަންދުކުރުމަށްފަހު ސްޓެލްކޯގެ 17 އިންޖީނެއް އެތަނުގައި ބެހެއްޓިނަމަވެެސް، މިހާރު ވަނީ އެ އިންޖީނުތައް ހުޅުމާލެއަށް ބަދަލުކޮށްފައެވެ.

ދޮންއަދަރާދަ ހިނގުމަކީ އަލުން ހުޅުވާލުމަށް ކުރިއަށްދާ ތައްޔާރީތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޓެލްކޯއިން ބުނީ މަގު ހުޅުވާލުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލާފައިވާކަމަށެވެ. އެގޮތުން މަގުގެ ދެ ފަރާތުގައި ގަސް އިންދާ، މަގު ބައްތި ހަރުކޮށްފައިވާކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.
ސްޓެލްކޯއިން ބުނީ ދޮންއަދަރާދަ ހިނގުން ހުޅުވާލާއިރު މަގުގެ ދެ ފަރާތުގައި އޮންނަ ބިމުގައި ސްޓެލްކޯގެ އިމާރާތްތައް ގުޅުވާލާނީ ބްރިޖަކުންކަމަށެެވެ. އަދި މި މަގު ރަސްމީކޮށް ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަަށްވެސް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ މީގެ ކުރިން ވިދާޅުވެފައިވަނީ މަގު ހުޅުވާލުމަށް ނިންމީ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ހޯދައިދިނުމަށް ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ވެސް ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރި ކަންކަން ވީހާވެސް އަވަހަކަށް ޙައްލުކޮށްދެއްވުންކަންވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ