- Advertisement -ad image

ރަމަޟާންމަހު މަނާ ގަޑިތަކުގައި މުދާ އުފުލާނަމަ ޖޫރިމަނާކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރުގެ ރަމަޟާން މަހުގައިވެސް ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރި މުދާ އުފުލުމުގެ ގަޑިތައް ކަނޑައަޅައިފި އެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އާންމުކުރި އިއުލާނުގައި ވާގޮތުން މި ރަމަޟާންމަހު މާލެ ސަރަހައްދުގައި މުދާ އުފުލޭނީ ވަކި ހާއްސަ ގަޑިތަކެއްގައެވެ. އެގޮތުން ރަމަޟާން މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހުއްދުގައި މުދާ އުފުލޭނީ 9:30 އިން 16:30 އަށް އަދި 20:00 އިން 6:00 އަށް ކަމަށް ޓްރާންސްޕޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި 6:00 އިން 9:30 އަށް 16:30 އިން 20:00 އަށް މުދާ އުފުލުމަކީ މަނާކަމެއްގެ ގޮތުގައި ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.

ރަމަޟާން މަހުގެ 20 ވަނަ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް މުދާ އުފުލުމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ 6:00 އިން 16:30 އަށް އަދި 20:00 އިން 6:00 އަށެވެ. އަދި މި މުއްދަތުގައި ހަވީރު 16:30 އިން ރޭގަނޑު 20:00 އަށް މުދާ އުފުލުން މިނިސްޓްރީން ވަނީ މަނާކޮށްފަ އެވެ.

މިނިސްޓްރީން ވަނީ އެންގުމާއި ޚިލާފުވާ ފަރާތްތައް -/750 ރުފިޔާ އިންޖޫރިމަނާކުރެވޭނެކަމަށް ބުނެފަ އެވެ. އަދި އެންމެންވެސް އެންގުމުގައިވާ ގޮތަށް އަމަލުކުރުމަށް މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކުރުމަށް ފާއިތުވި ރަމަޟާން މަސްތަކުގައިވެސް މިނިސްޓްރީން މިގޮތަށް އަމަލުކުރުމަށް ކަނޑައަޅފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ