- Advertisement -ad image

ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދީ ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ބޭނުންވޭ: ކެޔޮދޫ ކައުންސިލް

ad image

ގުޅުންހުރި ލިޔުންތައް


ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް އިދާރާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވިދާޅުވީ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުނި ނައްތާލެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުވެފައި ނެތުންކަމުގައެވެ. އަދި ކައުންސިލުން ވަނީ ކެޔޮދޫ ކައުންސިލް އިދާރާ އަދި ސުކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު ބިމުގެ ދަތިކަމާއި، ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދެއްވުމަށާއި، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށާއި، ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ހުރި ގޮންޖެހުންތައް ކައުންސިލުން ހިއްސާކުރެއްވިއެވެ. މީގެ އިތުރުންވެސް ފަރުމަސްވެރިކަން ކުރުމަށް ޚާއްޞަ ބޮޔެއް އަޅައިދެއްވުމަށާއި، ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއަށް އިންވެސްޓްކުރުމަށް ފަހި ފުރުޞަތުތަކެއް ހުޅުވައިދެއްވުމަށް ކައުންސިލުން ހުށަހެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ