ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭަޝަނުން ހުޅުމާލޭގެ ފޭސް 2 ގައި މިއަދު ވަގުތީ މިސްކިތެއް ހުޅުވައިފިއެވެ.
ރޯދަމަހަށް ހާއްސަކޮށް އިމާރާތްކުރެވުނު މިވަގުތީ މިސްކިތުގެ ނަމަކީ މަސްޖިދުލް ޝާކިރީންނެވެ. މި މިސްކިތް ގާއިމުކުރެވިފައިވަނީ ފޭސް 2 ގެ ހިޔާ ޕާރކް ސަރަހައްދުގައެވެ. މި މިސްކިތަކީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ އިސްރަށްވެހިންނާއި ހާއްސައެހީއަށް ބޭނުންވާ މީހުންނަށް މިސްކިތަށް ދިއުމަށް ދުރު ސަރަހަށްދަކަށް ދާންޖެހުމުން ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގައި ހުޅުވި މިސްކިތެއް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/03/aaaa0c47-ffa0-4c4e-984b-929eb605033f.jpeg?resize=696%2C464&ssl=1)
![](https://i0.wp.com/hiraas.com.mv/wp-content/uploads/2024/03/e24e10f3-3cde-42cd-abd1-b30ce4a490f0.jpeg?resize=696%2C464&ssl=1)
މި މިސްކިތަކީ މުޅި ޖުމުލަ އެއްފަހަރާ 100 މީހުންނަށް ނަމާދުކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ މިސްކިތެކެވެ.
މި މިސްކިތުގައި ވަނީ އަންހެނުންނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައެވެ.