- Advertisement -ad image

ހުޅުމާލެ ފޭސް 2ގައި ބިނާކުރި މިސްކިތް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް 2ގައި ބިނާކުރި ދާއިމީ މިސްކިތް “މަސްޖިދް ހަސަން އާދަމް” ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.

ހުކުރު ނަމާދަށް މި މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މިސްކިތް ހުޅުވުމަށްފަހު މިމިސްކިތުގައި ވަނީ ހުކުރު ނަމާދުކޮށްފައެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާކޮށްފައިވާ މި މިސްކިތަކީ ޒަމާނީ ފެންވަރަށް ބިނާކޮށްފައިވާ މިސްކިތެކެވެ. އަމިއްލަ ފަރާތަކުން ތަރައްޤީކުރި މި މިސްކިތަކީ މިހާރު ހުޅުމާލެ ފޭސް 2 ގައި ތަރައްޤީކުރަމުންދާ 5 މިސްކިތުގެ ތެރެއިން މިސްކިތެކެވެ. މި މިސްކިތަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ މިސްކިތެކެވެ.

މިމިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި މިސްކިތް ހުޅުވާދެއްވާ ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ރަމަޟާންމަހާ ދިމާކޮށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދާއިމީ މިސްކިތެއް ހުޅުވުމަކީ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށް ކުރިއަށް އޮތް ރަމަޟާން މަހު ބޮޑު ފަސޭހައެއް ލިބިގެން ދާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިސްކިތްތައް ބެލެހެއްޓުމަށާއި މިސްކިތްތަކަކީ ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެން މަސައްކަތްކުރަންވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ