- Advertisement -ad image

ޅޮއްސަލަފުއްޓަކީ، ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދޭން މަސައްކަތް ކުރާނަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ކުރެންދޫގެ ދާއިމީ ތަރައްޤީއަށްޓަކައި، ކުރެންދޫ ކައިރީގައި އޮތް ޅޮއްސަލަފުއްޓަކީ، ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހެނދުނު ފާދިއްޕޮޅު ކުރެންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރެންދޫގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަނީ ކޮންމެ ރަށަކަށްވެސް އިޤްތިޞާދީ ކުރިއެރުން ހޯދުމަށް ފުރުޞަތު ފަހިކޮށްދިނުމަށްކަމުގައެވެ. އެގޮތުން އިޤްތިޞާދީ ކުރިއެރުން ރަށްރަށަށް ހޯދައިދިނުމުން ރައްޔިތުންނަށް ފުދުންތެރިކަން ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން “އެ އޮންނަ އުސޫލުތަކުގެ ތެރެއިން ދައުލަތަށް ވެސް އޭގެ އެންމެ ގެއްލުން ކުޑަވާނެ ގޮތަކަށް އެކަންކޮށް، މި ރަށުގެ ރައްޔިތުންގެ އާންމު މަސްލަހަތާ، މި ދާއިރާގެ ތަރައްޤީގެ އާންމު މަސްލަހަތަށް، ތިޔަ ބޭފުޅުންގެ ކުރިމަގަށްޓަކައި، ދަރީންގެ ދަރީންގެ މުސްތްޤްބަލަށްޓަކައި، އެ ރަށް ވަކިކޮށް ސަލާމަތްކޮށް، ޅޮއްސަލަފުއްޓަކީ ކުރެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށްޓަކައި އަޅުގަނޑަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރެންދޫގެ މަދަރުސާއަށް މިއަދު 40 އަހަރު ފުރުމުން އެކަމުގެ މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެ ސްކޫލަށް ކުރިއެރުން ގެނެސްދިނުމަށް، މި ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ކުރެންދޫއަކީ، ރައީސުލްޖުމްހޫރިއްޔާ ފާދިއްޕޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަޑައިގެންނެވި ފުރަތަމަ މަންޒިލެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ