- Advertisement -ad image

މި ރަމަޟާން މަހަކީ ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް ރައީސް އިލްތިމާސްކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


މި ފެށޭ ރަމަޟާން މަހަކީ މާތް އަޚްލާޤާ ރިވެތި އާދަތައް އަށަގެންނެވުމަށް ރަނުގެ ފުރުސަތެއްގެ ގޮތުގައި ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި އިލްތިމާސްކުރެއްވީ މިއަދު ޅ. ނައިފަރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މި މޭރުމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އެކަކު އަނެކަކަށް އަޅައިލާ އޯގާތެރި މުޖުތަމަޢަކަށް މިދިވެހި މުޖުތަމަޢު ހެދުމަށް މި ރަމަޟާންމަހު ޚާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ. އަދި މި ރަމަޟާން މަހަކީ ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުޞަތެއްކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ހަމައެހެންމެ، މި ބަރަކާތްތެރި މައްސަރުގައި ދޮގު ހެދުން ފަދަ ނޭދެވޭ އާދަތަކާ ދުރުހެލިވެ، ހަޤީޤަތާ އެއްގޮތަށް ރީތިބަހުރުވައިން ވާހަކަ ދެއްކުމަށް އާދަހިފަން މަސައްކަތްކުރުމަށާ، ކުޑަކުދިންނާ ޒުވާނުންނާ ބޮޑެތި މީހުންނަށް އިޙްތިރާމު އަދާކުރުމަށް ބާރުއަޅައި، ރިވެތި އުޅުމާ ސުލޫކުގެ މަތީ ދެމިތިބެން އެންމެން އެކުގައި މަސައްކަތްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ދިވެހިރައްޔިތުންގެ ކިބައިން އެދިވަޑައިގަތެވެ. އަދި ވާދަވެރިކަމުގެ ތެރޭގައި ވެސް ދޮގަށް ފުރުޞަތުނުދީ އެކަކު އަނެކަކަމަށް ހެޔޮގޮތުގައި މުޢާމަލާތުކުރުން އިސްކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ