- Advertisement -ad image

އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް 1 ގައި ޕާރކްކޮށްފައި އޮތް ކާރެއްގައި ޖެހި އެކްސިޑެންޓްވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ދިިޔަ މައްސަލައަކާ ގުޅިގެން ބަޔަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ވަނީ އެ އެކްސިޑެންޓްގެ މަންޒަރުތައް ފެންނަ ވީޑިއޯއެއްވެސް މިއަދު އާއްމުކޮށްފައެވެ. އެގޮތުން އެ ވީޑިއޯއިން ފެންނަނީ ސައިކަލުގައި ދުއްވާފައިދާ ދެ އަންހެނުން ޕާރކްކޮށްފައި އޮތް ކާރުގައި ޖެހި ސައިކަލު ވެއްޓޭތަނެވެ. އަދި އެހާދިސާއަށްފަހު އެމީހުން އެ ސީން ދޫކޮށްފައި ދާ މަންޒަރެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ވީޑިއޯ އާއްމުކުރީ ކަމަށެވެ.
ފުލުހުން ވަނީ ވީޑިއޯއިން ފެން މީހުން ހޯދުމަށް އާއްމުންގެ އެހީއަށް އެދިފައެވެ. ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުންއެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ