- Advertisement -ad image

ރޯދަމަހު ސްޓެލްކޯގެ ހިދުމަތްދޭ ގަޑިތައް އާންމުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

މި ރޯދަމަހު ސްޓެލްކޯއިން ހިދުމަތްދޭ ގަޑިތައް ކަނޑައަޅާ އާންމުކޮށްފިއެވެ.

ސްޓެލްކޯއިން ބުނިގޮތުގައި މި ރޯދަމަހުގެވެސް ފުރަތަމަ ވިހި ދުވަހު އެ ކުންފުނީގެ ކަސްޓަމަރ ސާވިސް، ބިލް ދެއްކުން، އިންފޮމޭޝަން ކައުންޓަރ އަދި އަތޮޅު އިންޖީނުގޭތަކުން ހިދުމަތް ދެމުން ގެންދާނީ ހެނދުނު 9:00 އިން މެންދުރު 13:00 އަށެވެ. އަދި ފަހު ދިހައެއްގައި މި ހިދުމަތްދޭނީ ހެނދުނު 11:00 އިން މެންދުރު 13:30އަށް ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.

ފަހު ދިހައެއްގައި އިންފޮމޭޝަން ކައުންޓަރުން ހިދުމަތް ކައުންޓަރުން 13:00 އާ ހަމަޔަށް ހިދުމަތްދޭއިރު، އަތޮޅު އިންޖީނުގޭތަކުން ފަހު ދިހައެއްގައި ހިދުމަތް ދޭނީ ހެނދުނު 11:00 އިން 12:00 އަށްކަމަށްވެސް ބުނެފައި ވެއެވެ.

މީގެއިތުރުން ރޯދަމަހުގެ ފުރަތަމަ ވިހި ދުވަހު ސްޓެލްކޯގެ ސޭލްސް ސެންޓަރުން 9:00 އިން 16:00 އަށް އަދި ފަހު ދިހައެއްގައި 13:00 އިން 16:00އަށް ހިދުމަތްދެމުން ގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ