Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް ހިންގަމުންދިޔަ 5 ޓެލެގްރާމް ޗެނަލެއް ހުއްޓުވާ 2 މީހަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް އެކި ނަންނަމުގައި ހިންގަމުންދިޔަ 5 ޓެލެގްރާމް ޗެނަލެއް ހުއްޓުވާ 2 މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ތަފާތު ބޮޑެތި ކުށްތަކަށް އަރައިގަތުމަށް “ޖަޒީރާ އެޑްމިން”، “ޖަޒީރާ ގާރލްސް”، “ޖަޒީރާ އެސްކޯޓް ގެލެރީ”، “ޖަޒީރާ ސްކޭމް އެލާޓް” އަދި “ޖަޒީރާ ލިންކް ޚަބަރު”ގެ ނަމުގައި މިދިޔަ އަހަރުގެ އޭޕްރީލްމަހުން ފެށިގެން ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށެވެ.

މި މައްސަލައިގައި މި ޗެނަލްތައް ހިންގާކަމުގެ ތުޙުމަތުގައި އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ދިވެހި އަންހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ފުލުހުންގެ ސައިބަރ ޕޮލިސިންގ ސެންޓަރުން ހިންގި އޮޕަރޭޝަނެއްގައި 4 ތަނެއް ބަލައި ފާސްކޮށް، މި މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި ފުލުހުން ބެލުމުގެ ދަށަށް ގެނައުމަށްފަހުގައެވެ.

މި ތަކެތީގެ ފޮރެންސިކް ތަޙުލީލުތައްކޮށް ހެކި ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ކުރަމުންދާކަމަށާއި، މިހާތަނަށް ކުރެވުނު މަސައްކަތުން މި ޗެނަލްތައް ސީޒްކޮށް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް މަނީ ލޯންޑްރިންގއާއި ޑްރަގް ޓްރެފިކިންގއާއި ހަށި ވިއްކުމާއި، ހަށި ވިއްކުމަށް ހިތްވަރު ދިނުމާއި، އޮރިޔާން ކާޑު އުފެއްދުމާއި އޮރިޔާން ކާޑު ބެހުމުގެ ކުށަށް ތުޙުމަތުކުރެވޭކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ މާލީ މުއާމަލާތުތަކަށް ބަލާއިރު، އެމީހުން ކުރާ މަސައްކަތާ ނުބައްދަލު ގިނަ އަދަދެއްގެ މާލީ މުއާމަލާތުތަކެއްކޮށްފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން ހާމަކުރެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި 2 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ޙާޒިރުކުރުމުން ފުރަތަމަ ފަހަރު 5 ދުވަހަށް ބަންދުކުރުމަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން ވަނީ ޢަމުރުކޮށްފައެވެ. އަދި ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ޙާޒިރުކުރުމުން އިތުރު 30 ދުވަހަށް ބަންދުކުރުމަށް ޢަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ