- Advertisement -ad image

ވާނުވާ ބަންދުގެ މައްސަލައިގެ ތަހުގީގީ މަރުހަލާގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ވާނުވާ ބަންދުގެ މައްސަލައިގެ ތަހުގީގީ މަރުހަލާގެ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޝަރީޢަތް ނިމެންދެން ކުރާ ބަންދު ނުވަތަ “ވާނުވާ”ގައި ތިބޭ މީހުން ދޫކޮށްލުމާއި ގުޅޭގޮތުން “ރައީސްގެ ޖަވާބު” ޕްރޮގްރާމަށް މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ކުރެއްވި ސުވާލަށް ދެއްވި ޖަވާބުދެއްވަމުން ރައީސް ވަނީ ވާނުވާ މައްސަލަ ހައްލުކުރުމަކީ ވަރަށް މުހިއްމު ވައުދުފުޅެއްކަން ފާހަގަކުރައްވާ، އެ މައްސަލަ ހައްލުކުރުމަށް މިހާރު ކުރިއަށް ދަނީ ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމަށްވިދާޅުވެފަ އެވެ.

މީގެއިތުރުން ރައީސް ވަނީ ތަހުގީގީ މަރުހަލާގެ ކަންކަން ވެސް މިހާރަށްވުރެ ހަރުދަނާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ރައީސް މިދިޔަމަހު މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ ޝަރީއަތް ނިމެންދެން ދިގު މުއްދަތަކަށް ބަންދުކުރުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަން އިއުލާންކުރައްވާފަ އެވެ. ހަމައެހެންމެ ޖަލުތަކުގެ ކަންކަން ހަރުދަނާކުރެއްވުމަކީވެސް ރައީސްގެ ވަޢުދުފުޅަކަށްވާއިރު، އެކަންކަން މިދައުރުގެ ތެރޭގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަންވެސް ރައީސް ވަނީ ދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ