- Advertisement -ad image

އިތުރު ފިޔަވަޅުތަކާއެކު ޑޮލަރުގެ ރޭޓްތައް ދަށަށް ދާނެކަމަށް ބެލެވޭ – މިނިސްޓަރ ސައީދު

ad image

ގުޅުންހުރި ލިޔުންތައް

ކަޅު ބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކާ މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ކުރާއިރު، އިތުރު ފިޔަވަޅުތަކަކާ އެކު ޑޮލަރުގެ އާންމު ރޭޓް އަދިވެސް ދަށަށް ދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

“އެކްސް”ގައި ސައީދު ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރޭއްވުމާއި، އަތްޕުޅުން ކުރެއްވި މަސައްކަތުގެ ސަބަބުން 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ދިމާވި ނުތަނަވަސްކަމުގެ ޙާލަތުން ޤައުމު އަރައިގަތުމަށް އެހީތެރިވެދިން ކަމަށެވެ.

އަދި ރަމަޟާން މަހާއި އުމްރާ އަދި ރާއްޖެއަށް އެތެރެ ކުރާ މުދާ އިތުރުވަމުން ދަ މި ދަނޑިވަޅާއި ދިމާކޮށް ޑޮލަރުގެ އަގު ބޮޑުވި ނަމަވެސް، މިހާރު ޑޮލަރުގެ ރޭޓް ހަމައަކަށް އެޅެން ފަށާފައިވާކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ސައީދު ވަނީ ކުރިއަށް އަޅާ އިތުރު ފިޔަވަޅުތަކާއެކު ރޭޓްތައް ދަށަށް ދާނެ ކަމަށް ބެލެވޭކަމަށް ވިދާޅުވެފައެވެ.

ކަޅު ބާޒާރުގައި ޑޮލަރު ރޭޓް، ރޯދައިގެ ކުރިން އުޅުނީ 18 ރުފިޔާ އާއި 20 ރުފިޔާ އާ ދެމެދުގައެވެ. ނަމަވެސް މިހާރު އެ އަގު މިވަނީ 17 ރުފިޔާ ލާރިކޮޅަކަށް ވެއްޓިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ