- Advertisement -ad image

ސަޢުދީން ރާއްޖެއަށް ކަދުރު ހަދިޔާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުވެސް ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް 55 ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.

މި 55 ޓަނުގެ ތެރެއިން 50 ޓަނަކީ ސަޢުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި ކަދުރެވެ. އަދި 5 ޓަނަކީ ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރެވެ.

ރާއްޖޭގައި ހުންނަ ސަޢުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޤައުމުގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރާ ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެން އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ސަޢުދީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަތްރެކް ބިން އަލް ޢަޖާލީން އަލްދައުސަރީއެވެ.

ސަޢުދީގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ހަދިޔާކުރި ކަދުރާ ހަވާލުވެވަޑައިގެންނެވީވެސް ވަޒީރު ޑރ. ޝަހީމެވެ.
ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަދުރު ހަދީޔާކުރެއެވެ.
މި ކަދުރު ގޭބިސީތަކަށް ބެހުމުގެ މަސައްކަތް ކުރިއަށްގެންދަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ