- Advertisement -ad image

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނޭ ކަމެއްނޫން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންނާއި އެފަދަ މައްސަލަ ތަކުގައި ޙުކުމް ކޮށްފައިވާ މީހުން ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދަޅުވެއްޖެއެވެ.

“އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުޑަކުދިީންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށް، ނުވަތަ ޙުކުމް ކޮށްފައިވާ މީހުންނަށް މަޢާފުދިނުން، ނުވަތަ ލުއިދީ ދޫކޮށްލުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއްނޫންކަމަށެވެ. އަދި އެގޮތަށް ނިންމާ ނިންމުންތައް ލަސްނުކޮށް އިސްތިޢުނާފު ކުރުމަށް ސަރުކާރުން ޕީޖީ ގައި ދަންނަވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މުޖުތަމަޢަކީ އެފަދަ ނުބައި ފަރާތްތަކުގެ ނުބައި ވަކިތަކުން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހެދުމަށް އެންމެން އެކުގައި މަސަކަތް ކުރުމަށް އެދިވަޑައިގެންފައެވެ.

ކުޑަކުދިީންނަށް ޖިންސީ ގޯނާކުރާ މީހުންނަށް ލުއިދީ ދޫކޮށްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވާފައިމިވަނީ ރާއްޖޭގެ ރަށެއްގައި ކާފަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ އަހަރު ހައްޔަރުކުރި މީހަކު ކޯޓުން ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ