ހުޅުމާލެ ފޭސް 2 ގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅެނިކޮށް ކަރަންޓްގައި ޖެހިގެން މަރުވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ ހުޅުމާލެ ފޭސް 2 ހިޔާ ސަރަހައްދު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންނަށް ހިޔާ ޓަވަރު އެޗް 3ގެ ކައިރީ ހުން ޓްރާންސްފޯމަރު ތެރޭގައި ކަރަންޓްގައި ޖެހި އަނިޔާތަކާއެކު ވެއްޓިފައި އޮތް މީހަކު ފަތިހު 4:07 ހާއިރު ފެނިފައިވާ ކަމަށެވެ.
އަދި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށާއި މަރުވެފައި ވަނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.
މިމައްސަލައާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންދަނީ ބަލަމުންނެވެ.
![ad image](https://hiraas.com.mv/admanager/upload/ads_8.gif)