Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

އިޝްތިހާރު ބޯޑުބަހައްޓަން ދަގަނޑު ޖެހުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މާލެއާއި ހުޅުލެ، އަދި ހުޅުމާލެ ގުޅުވައިދޭ “އިންޓަރކަނެކްޝަން” ވިއުގައިގައި ހިމެނޭ ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބެހެއްޓުމުގައި ސަމާލުވުމަށް ސްޓެލްކޯއިން އިލްތިމާސް ކުރައްވައިފިއެވެ.
ސްޓެލްކޯއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެ ކުންފުނިން މާލެއާއި، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށް ޤާއިމްކޮށްފައިވާ ގްރޭޓާމާލޭ އިންޓަރކަނެކްޝަން ގްރިޑުގައި ހިމެނޭkV 132 ކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށާއި، އެކި ކަހަލަ ޕޯސްޓަރުތަކާއި އިސްތިހާރުތައް ޖެހުމަށްޓަކައި ދަނގަޑުފަދަ ތަކެތި ޖަހަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
“ދައުލަތުން ޚަރަދުކޮށް، ހަތް ކިލޯމީޓަރުގެ ދުރު ރާސްތާއަކަށް އަޅާފައިވާ މި ވިއުގައަކީ 200 މެގަވޮޓާއި ހަމައަށް ކަރަންޓު އެއް ސަބްސްޓޭޝަނުން އަނެއް ސަބްސްޓޭޝަނަށް ގެންދިއުމުގެ ޤާބިލްކަން ލިބިފައިވާ ވިއުގައަކަށްވާއިރު، މިއީ މިވަގުތު ރާއްޖޭގައި ބޭނުންކުރާ މިފަދަ ހަމައެކަނި ވިއުގައެވެ.” ސްޓެލްކޯގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.
މާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނުން ނިކުންނަ، މިވިއުގައިގައި ހިމެނޭ ކޭބަލްތައް އަޅާފައިވަނީ އުސްފަސްގަނޑު ސަރަހައްދުންގޮސް ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް، ހުޅުމާލޭ އިންޖީނުގޭގައި ގާއިމްކޮށްފައިވާ kV 132 ސަބްސްޓޭޝަނާ ހަމަޔަށް ކަން ފާހަގަކުރައްވަމުން، އަދި މިވަގުތު މާލެއަށް ބޭނުންވާ ކަރަންޓުގެ ބޮޑު އިންސައްތައެއްވެސް ހުޅުމާލެއިން މާލެއަށް މިވިއުގަ މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު، މި ވިއުގައަށް ގެއްލުންވެއްޖެ ނަމަ، މަރާމާތު ކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވެ، މިކަމަށް ބޮޑު ހޭދައެއް ކުރަންޖެހޭނެ ކަމަށް ސްޓެލްކޯއިން ހާމަކުރެއެވެ.
ސްޓެލްކޯގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މިއީ އެނަރޖައިޒް ކޮށްފައިވާ ވިއުގައަކަށްވުމުން، މި ވިއުގައި ހިމެނޭ ކޭބަލަށް ދަނގަޑުފަދަ ތަކެތިން ގެއްލުމެއް ލިބިއްޖެނަމަ، މިއީ އެ ދަނގަޑު ޖަހާ ފަރާތުގެ ފުރާނައަށްވެސް ނުރައްކާވާނެ ހާދިސާއެއް ހިނގާފާނެ ކަމަށާއި، މި ވިއުގައަށް ގެއްލުމެއް ލިބިއްޖެނަމަ މާލެ ސަރަޙައްދަށް ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތައް ބުރޫއަރައި، އެ ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ދިނުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.
“މިވިއުގައިގެ މަޢުލޫމާތު ކަމާއިބެހޭ ފަރާތްތަކާއި މިކުންފުނިން ހިއްސާކޮށްފައިވާއިރު، މިފަދަ ކަންކަން ރެގިއުލޭޓްކޮށް ބަލަހައްޓާ ފަރާތްތަކާއި، މަގުކޮނެ، އިސްތިހާރު ބޯޑުތައް ޖެހުމުގެ ހުއްދަދޭ ފަރާތްތަކުން އިތުރަށް ޒިންމާދާރުވެ، މިކަންކަމަށް އިތުރު ސަމާލުކަންދީ، މިވިއުގަ ރައްކާތެރިކޮށް ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކޮށްދިނުމަށާއި، ކަރަންޓުގެ ޚިދުމަތައް ބުރޫ ނާރާނެ އެންމެހާ ފިޔަވަޅުތަކެއް އަޅަމުންގެންދިއުމަށް އިލްތިމާސް ކުރަމެވެ.” ސްޓެލްކޯގެ ބަޔާނުގައި އިލްތިމާސްކުރައްވާފައިވެއެވެ.
އެ ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ސްޓެލްކޯއިން ގޮވާލާފައިވެއެވެ.
މިއާޚިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކޮށް، މީގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައިވެސް ސްޓެލްކޯއިން ފާހަގަކުރައްވައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ