- Advertisement -ad image

ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ނުގެންގުޅެން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭގޮތަށް އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ގެނެސްދޭ “ރައީސްގެ ޖަވާބު” ގައި މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން ސުވާލުކުރީ މި ފަހުން ގެނައި ޑްރޯންތައް ދުއްވުމުގައި އެެއްވެސް އިތުރު ގެއުމެއްގެ ސިފައިން ތިބޭނެތޯ އެވެ. 

އެ ސުވާލުގެ ޖަވާބުގައި ރައީސް ވިދާޅުވީ އެއްގޮތަކަށް ވެސް ބޭރުގެ ސިފައިން ރާއްޖޭގައި ގެންގުޅުމުގެ ސިޔާސަތު އެ މަނިކުފާނު ނުގެންގުޅުއްވާނެ ކަމަށެވެ. އެހެންވެ، އެ ޑްރޯންތައް ބޭނުންކުރާނީ ހަމައެެކަނި ދިވެހި ސިފައިން ކަމަށް ވިދާޅުވި އެވެ.

” އިހަށްދުވަހު ތައާރަފްކުރި ސިފައިންގެ އެއާ ކޯ ސާވިސްގައި ވެސް އަދި އޭގެ ދަށުން ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެއް. ބޭރުގެ އެއްވެސް ސިފައިނެއް ނުތިބޭނެ އެކަމަށް އެހީތެެރިވުމަށް ވެސް. ތުރުކީއަށް ރާއްޖޭގެ ސިފައިން ގޮސް އެތަނުން ތަމްރީން ހޯދައިގެން އައީ. އައިސް ދިވެހި ސިފައިން ޑްރޯންތައް އޮޕަރޭޓްކޮށް ދުއްވަނީ. ކުރިއަށް އޮތްތާގައި އިތުރު ބެޗްތައް ޓްރެއިން ހެދުމަށް ދާނެ މިހާރު ވެސް ގޮސް އެބަ އުޅޭ ޓްރެއިނިންގައި.” ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ދިވެހި ސިފައިންގެ ޓީމެއް ވަނީ ތުރުކީގައި ޑްރޯންތައް ދުއްވުމުގެ ހާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައި ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ސިފައިން ތަމްރީނުވުމަށް އެ ގައުމަށް ދާނެ ކަމަށެވެ. އެކަމަކު އެ ޑްރޯންތައް ދުއްވުމުގައި އެހީތެރިވާން ވެސް ބޭރުގެ ސިފައިން ނުތިބޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ