- Advertisement -ad image

ދިއްދޫ އަދި ފެންފުށީގައި ސްޓެލްކޯގެ ހިދުމަތް ހަރުދަނާ ކުރުމަށް ކައުންސިލާއެކު މަޝްވަރާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އދ ދިއްދޫ އަދި ފެންފުށީގައި ސްޓެލްކޯއިން މިހާރު ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް އެ ދެ ރަށުގެ ކައުންސިލާއެކު ނަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ އާއި ބައެއް އިސްވެރިން ގެންދަވަނީ މިހާރު އދ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.
އެގޮތުން އދ. ފެންފުއްޓަށް ވަޑައިގެން އެ ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ބައްދަލުކުރައްވާ، ފެންފުށީގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރިއެވެ. އަދި ފެންފުށީ އިންޖީނުގެއަށް ޒިޔާރަތްކޮށް، އިންޖީނުގޭގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި، ބައްދަލުކުރައްވައި ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
މީގެއިތުރުން ދިއްދޫއަށް ވަޑައިގެން ދިއްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް

މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލުކުރައްވާ، އެރަށުގައި ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތް ގުޅިގެން އެ ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރިއެވެ. އަދި ދިއްދޫގައި މަސައްކަތް ކުރާ އެކުންފުނީގެ މުވައްޒަފުންނާއި، ބައްދަލު ކުރައްވާ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ވަނީ ދިއްދޫ އިންޖީނުގެ ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ