- Advertisement -ad image

ކުރީ ސަރުކާރުން ވެފައިވާ އިހުމާލުތަކަށް އެޓެންޑްވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް މިދަނީ ކުރަމުން: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް

ކުރީ ސަރުކާރުން ވެފައިވާ އިހުމާލުތަކަށް އެޓެންޑްވެ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ޓަވަރުތައް ކައިރީގައި ހުންނަ ޓްރާންސްފޯމަރުތަކާއި ގުޅޭގޮތުން މިހާރު ނޫހުގައި ލިޔެފައިވާ ހަބަރެއް ޝެއާކުރައްވަމުން ފަހުމީ ވިދާޅުވީ ކުރީ ސަރުކާރުން އިހުމާލުވެފައި ހުރި މިފަދަ ހުރިހާ ކަމަކަށް އެޓެންޑްވެ އެކަންކަމަށް ޙައްލުހޯދައިދީ، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން މިގެންދަނީ މި ސަރުކާރުން ކަމަށެވެ.

ދާދިފަހުން ވަނީ މިފަދަ ޓްރާންސްފޯމަރަކުން ވައްކަން ކުރަން ކުރަން އުޅުނު މީހަކު ކަރަންޓްގައި ޖެހިގެން މަރުވެފައެވެ.

އޭގެ ދެ ދުވަސް ކުރިންވެސް ފަހުމީ ވަނީ މިފަދަ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާކަމާއި އޭގެން ނުރައްކާތެރި ހާދިސާއެެއް ހިނގާފާނެކަން އާންމުންގެ ސަމާލުކަމަށް ގެނެސްފައެވެ.

ފަހުމީ ވަނީ ރައްޔިތުންގެ ކަންބޮޑުވުމަކަށްވާ މިފަދަ ކޮންމެ ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙައްލު ކުރުމުގެ ލަޔާޤަތާއި ޤާބިލްކަން މި ސަރުކާރުގައި ހުންނާނެކަމަށްވެސް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. އަޅުގަނޑުމެންގޭގާ ސޯލާހަރުކުރުމައް އެގުރިމަންޓު ހެދިފަހުންވެސް ލަފާކުވޭ ގޮތުގާ ދެއަހަރުވެދާނެ ޑައުންޕޭމަންޓުވެސްވީ ދައްކާފާ ނަމަވެސް މަސައްކަތް ކޮއްދީފައެއް ނުވޭ ޒިންމާ ވާނީ ކޮންފަރާތަކުންތޯ

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ