- Advertisement -ad image

ޗައިނާގެ އެހީގައި 17 ރަށަކަށް ލެބޯޓްރީ އިކުއިޕްމަންޓު ހޯދުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޗައިނާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 17 ރަށަކަށް ލެބޯރެޓަރީ އިކުއިޕްމަންޓު ހޯދުމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ހެލްތް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗައިނާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގ ލިޒިންއެވެ. އަދި  ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ ޢަބްދުﷲ ޚަލީލެވެ.

ހެލްތް މިނިސްޓްރީން ވަނީ ޖުމުލަ 72 ރަށަކަށް ޗައިނާ ސަރުކާރުގެ އެހީގައި ލެބޯރެޓަރީ އިކުއިޕްމަންޓު 05 އަހަރުގެ މުއްދަތައް ބަހާލައިގެން ހޯދުމަށް ހަމަޖެހިފައިވާ ކަމަށް ބުނެފައެވެ. އަދި މިއަދު ވި އެއްބަސްވުމުގެ ދަށުން 17 ޞިއްޙީ މަރުކަޒަކަށް ބޭނުންވާ ލެބޯރެޓަރީ އިކުއިޕްމަންޓު ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

އަދި ލެބޯރެޓަރީ އިކުއިޕްމަންޓްތަކުން މި ރަށްތަކުގައި ލެބޯރެޓަރީ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެކަމަށާއި، އެ ޞިއްޙީ މަރުކަޒުތަކުގައި ދެމުން ގެންދާ ޞިއްޙީ ޚިދުމަތް ހަރުދަނާވެ، ފަސޭހަކަމާއެކު ލެބޯރެޓަރީ ޓެސްޓުތައް ހެދި ފަރުވާ އަވަސްވެގެންދާނެކަމަށްވެސް ހެލްތުން ވަނީ ބުނެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ