- Advertisement -ad image

މި އަހަރުވެސް މާލެ ސަރަހައްދުގެ 32 މިސްކިތެއްގައި ދަމުނަމާދު ކުރާނެ

ad image

ގުޅުންހުރި ލިޔުންތައް

މި ހިނގާ ރަމަޟާން މަހުގެ ފަހުދިހައިގައި މާލެސިޓީގައި ދަމުނަމާދު ކުރުމާއި އިޢުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ.

މިނިސްޓްރީން ނެރުނު އިއުލާންގައި ވާގޮތުން މި އަހަރުވެސް މާލެ ސަރަހައްދުގެ ޖުމްލަ 32 މިސްކިތެއްގައި ދަމު ނަމާދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

އެއީ މާލެއިން 18 މިސްކިތަކާއި، ވިލިމާލެއިން 3 މިސްކިތް، ހުޅުމާލެ ފޭސް އެކަކުން 8 މިސްކިތް އަދި ފޭސް ދެއަކުން 3 މިސްކިތެވެ.

މީގެއިތުރުން މި އަހަރުވެސް މާލެ އާއި ވިލިގިލިން ޖުމްލަ ނުވަ މިސްކިތެއްގައި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އެއީ މާލެއިން އަށް މިސްކިތާއި ވިލިގިލިން އެއް މިސްކިތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ