ރަމަޝާން މަހުގެ ފަހު 10 ސަރުކާރު ބަންދު ކޮށްފައިވީނަމަވެސް، މިދުވަސްތަކުގައި ވަޒީފާއަށް ނިކުންނަ މުވައްޒަފުންނަށް އިނާޔަތް ދޭން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ބުރާސްފަތި ދުވަހު ނެރުނު ސާކިއުލާއެއްގައިބުނާ ގޮތުން މުވައްޒަފުންް ރަމަޟާާން މަހުގެ ފަހު 10 ގައި މަސައްކަތް ކުރާނަމަ އިނާޔަތެއް ދޭން ޖެހެއެވެ. އަދި އެ އިނާޔަތް ދޭނެ ގޮތާއި އިނާޔަތް ދޭނެ ފަރާތްތައް އެ ސާކިއުލާގައި ބަޔާންކޮށްފައިވެ އެވެ.
.
އެގޮތުން އިނާޔާތް ދެވޭނީ ދައުލަތުގެ އިދާރާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ދިނުމަށްޓަކައި އެ އިދާރާއަކުން ކަނޑައަޅާގޮތެއްގެ މަތިން, އެ އިދާރާއިން މަސައްކަތަށް ނުކުންނަންޖެހޭނެ ކަމަށް ކަނޑައަޅާ މުވައްޒަފުންނަށް އެކަންޏެވެ.
މި އިނާޔާތް ދިނުމަށް ނިންމާފައިވަނީ އޭޕްރިލް މަހުގެ މުސާރައާއި އެކުގައި ކަމަށްވެސް ފިނޭންސް މިނިސްޓަރ މުހައްމަދު ޝަފީގް ސޮއިކޮށް ނެރެފައިވާ ސާކިއުލާގައި ވަނީ ބުނެފައި އެވެ.