- Advertisement -ad image

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސަފުތަކަކަށް އެއްވެސް ހީނަރުކަމެއް ނާދެ ނުވެސް އަންނާނެ: ޣައްސާން

ad image

ގުޅުންހުރި ލިޔުންތައް


ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ސަފުތަކަކަށް އެއްވެސް ހީނަރުކަމެއް ނާންނަ ކަމަށާއި އަދި ނުވެސް އަންނާނެ ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޣައްސާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ރައީސް ޑރ. މުއިއްޒު ނިކުމެ ވަޑައިގަތީ އެ ކޯލިޝަނުން އެންގެވި ފޯމިއުލާއެކު، އެ ކޯލިޝަނުގެ ސެނެޓާއި ލީޑަރުންނާއި އަދި އެ ކޯލިޝަނުން އިންތިހާބު ކޮށްފައި ހުރިހާ ގުނަންތަކާއި ޕާޓީގެ އާންމު މެމްބަރުންގެ އިތުބާރާއި ތާއީދާއެކު ކަމަށެވެ.
“މިއަދުވެސް ހާލަތު އޮތީ ހަމަ އެހެން. ޕީޕީއެމުން ދާނީ ރައީސުލްޖުމްހޫރިއްޔާ އަރިހުގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ސާބިތު ކަމާއެކު ވަރުބަލި ކަމެއްނެތި ހަރަކާތްތެރިވަމުން.” ޣައްސާން ވިދާޅުވިއެވެ.
ޣައްސާން މިހެން ވިދާޅުވެފައިވާއިރު ރައީސްގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ ޕީޕީއެމްއަށް ދިރުން ލިބޭނެ ގޮތާއި ނުލިބޭނެ ގޮތް އެނގޭނީ ޕީޕީއެމްގެ ލީޑަރޝިޕަށް ކަމަށެވެ.
އަދި ޕީޕީއެމް/ޕީއެންސީ ހިންގަމުންދަނީ ވަރަށް ބަދަހި ގުޅުމެއްގެ ތެރެއިން އެކަތި ގަނޑެއްގެ ގޮތުގައި ކަމަށެވެ. މީގެއިތުރުން ދެޕާޓީގެ ލީޑަރަކީ ރައީސް ޑރ މުއިއްޒު ކަމަށާއި މުއިއްޒު ދުވެލީގައި ދެ ޕާޓީ އާއި ގައުމުވެސް ދާނީ ކުރިއަށް ކަމަށް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ